ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އަދަދު
28 ޑިސެމްބަރު 2025 | އާދިއްތަ | 9:19
ސްކޭމްގެ 27 މައްސަލައެއްގައި ތުހުމަތު އަމާޒުވާ ހަސަން އަޒުރާހު، 39، ގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި އެވެ.
މި މަހުގެ 7، ގައި ހަސަން އަޒުރާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މުއާމަލާތްކޮށް، މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ. އަށްވުރެ ގިނަ ފައިސާ ހޯދި މައްސަލައިގަ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ތުހުމަތުކޮށްފައި ވަނީ އޭނާއަކީ ގިނަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް އެމީހުންގެ ބޭންކް އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ ނަގާ މީހެއް ކަމަށެވެ.