ތިން ރަށެއްގައި މަސް ފެކްޓްރީ އަޅާ ނިންމަން ބުނި ތާރީހު ފަހަނައަޅައި ދިޔައިރު ނުވެސް ފެށޭ

އަދަދު

28 ޑިސެމްބަރު 2025 | އާދިއްތަ | 12:11

ފ. ނިލަންދޫ އާއި ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައި މަސް ފެކްޓްރީ އަޅައި ނިންމަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލުކުރި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތް ނުފެށުނެވެ.

އެ ތިން ރަށުގައި މަސް ފެކްޓްރީ 18 މަސް ދުވަހުގެ ތެރޭގައި އަޅައި ނިންމަން ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކުރީ އޭޕްރިލް 14، 2024 ގަ އެވެ. ނަމަވެސް 20 މަސް ވެގެންދިޔައިރު ވެސް ތިން ރަށުގައި ވެސް މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.

ސަރުކާރުން ޑޮންގްފަންގް އިލެކްޓްރިކްއާ ފުރަތަމަ ހަވާލުކުރީ ދ. މާދެއްޔާއި ފިޔޯރީގެ އިތުރުން ފެލިވަރުގައި މަސް ފެކްޓްރީ އެޅުމަށެވެ. ނަމަވެސް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މާދެލީގައި ތަރައްގީކުރަން ނިންމި މަސް ފެކްޓްރީ ނިލަންދޫއަށް ވަނީ ބަދަލުކޮށްފަ އެވެ.

މައުޟޫޢުތަށް