ވީއައިއޭ އަށް ބާރުބޮޑު ދުވަހެއް، ހިދުމަތް ދޭންޖެހޭ ފަސިންޖަރުންގެ އަދަދު 22،000 އިން މަތީގައި

އަދަދު

28 ޑިސެމްބަރު 2025 | އާދިއްތަ | 12:40

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްވަރު ކަމަށްވާ އަހަރު ފަހުކޮޅުގެ ފެސްޓިވް ސީޒަނާއި ދިމާކޮށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދަކީ މި އަހަރުގައި އެންމެ ބާރުބޮޑު އެއް ދުވަހަށް ވެއްޖެ އެވެ.

އާންމުގޮތެއްގައި ވެސް އާދިއްތަ ދުވަހަކީ ވީއައިއޭއަށް ދަތުރުކުރާ އަދި އެ އެއާޕޯޓުން ފުރާ ފްލައިޓުތަކުގެ އަދަދު އިތުރު ދުވަހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެކަނި ވީއައިއޭއިން 22،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ.

އޭގެތެރޭގައި އެއާޕޯޓުން ފުރާ 11،000 އެއްހާ މީހުންނާއި މިއަދު އަންނަ 11،000 އެއްހާ މީހުން ހިމެނެ އެވެ. ބާރުބޮޑުވުމާއި އެކު ވީއައިއޭގެ ހިދުމަތްތަކަށް ބުރޫނާރާނެހެން ހުރިހާ މުވައްޒަފުން ހިދުމަތްތައް ފުރިހަމަ ކުރުމަށް އެދި ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ވަނީ މުވައްޒަފުންނަށް މެސެޖެއް ވެސް ފޮނުވާފަ އެވެ.

މައުޟޫޢުތަށް