4،000 ފްލެޓްގެ ތެރެއިން މިހާތަނަށް ހަވާލުކުރީ އެންމެ 399 ފްލެޓެއްގެ ތަޅުދަނޑި

އަދަދު

28 ޑިސެމްބަރު 2025 | އާދިއްތަ | 3:58

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް ތަޅުދަނޑި ހަވާލުކުރީ އެންމެ 399 ފްލެޓެއްގެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ 4،000 ފްލެޓްގެ ތެރެއިން 3،879 މީހަކާ ފްލެޓް އެއްބަސްވުން ހަދާފައިވާއިރު، އެއްބަސްވުން ހެދި މީހުންގެ ތެރެއިން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރީ 399 މީހަކާ ކަމަށެވެ.

"މިދެންނެވި 4،000 ފްލެޓްގެ ތެރެއިން 3،879 ފަރާތަކަށް ފްލެޓް އެއްބަސްވުން ވަނީ ސޮއިކުރެވިފައި. އަދި 399 ފަރާތަކާ ފްލެޓް ތަޅުދަނޑި ކުރެވިފައިވޭ. އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާ އިރާދަކުރެއްވިއްޔާ މި ޖެނުއަރީ މަސް ތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިމޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

މައުޟޫޢުތަށް