އިންޑިއާގެ ޖާސޫސީ އުޅަނދަކާއި ރާއްޖޭގައި އޮންނަ ޑޯނިއާ އެއް ވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވައިފި

އަދަދު

29 ޑިސެމްބަރު 2025 | ހޯމަ | 11:47

އިންޑިއާގެ އަސްކަރިއްޔާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދަކާއި ރާއްޖޭގައި އޮންނަ އެ ގައުމުގެ އަސްކަރީ އުޅަނދު ޑޯނިއާ އެއް ވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވައިފި އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެއް ޑިސެމްބަރު 21، ގައި ލ. އަތޮޅު ކައިރިން ހުވަދޫ ކަނޑާއި ދިމާލުން ދުއްވި ކަމަށް ފުރަތަމަ ރިޕޯޓުކުރީ ވައިގެ ދަތުރުފަތުރާއި ބެހޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިންނެވެ.

މި ނޫހުން އިތުރަށް އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ހަމަ އެ ދުވަހުގެ އެ ވަގުތު ހަނިމާދޫގައި މަރުކަޒު ކޮށްފައި އޮންނަ ޑޯނިއާ ވަނީ އެ ރަށުން ފުރައިގެން ދިގު ދަތުރެއްކޮށް އެ ސަރަހައްދަށް ގޮސްފަ އެވެ.

މައުޟޫޢުތަށް