އުސޫލު ބަދަލުކޮށްފި، މާލޭގައި ރަޖިސްޓްރީވީތާ އަހަރެއް ވިޔަސް ގޯއްޗަށް އެދެވޭ

އަދަދު

29 ޑިސެމްބަރު 2025 | ހޯމަ | 1:01

މާލޭ ސަރަހައްދުން ގޯއްޗަށް އެދެވޭނީ މާލޭގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ދުވަސް ވެފައިވާ މީހުންނަށް ކަމަށް ބުނެ މިދިޔަ މަހު ގެޒެޓުކުރި އުސޫލު އުވާލައި، ރަޖިސްޓްރީވީތާ އަހަރެއްވީ މީހުންނަށް ގޯއްޗަށް އެދެވޭ ގޮތަށް ހައުސިން މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ މި އުސޫލު ގެޒެޓުކުރީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިއުލާންކުރުމަށް ފަހު، މިދިޔަ މަހުގެ 16 ގަ އެވެ.

އެ ދުވަހު އިއުލާނުކުރި ފްލެޓު ސްކީމުގައި ސަރުކާރުން ޝަރުތު ކަނޑައެޅީ މާލޭގައި ރަޖިސްޓްރީވެފައިވާތާ އަހަރެއް ވިޔަސް ޝަރުތު ހަމަވާ ގޮތަށް، ނަމަވެސް ގޯއްޗެއް ނަމަ ފަސް އަހަރު ވުމުން ޝަރުތު ހަމަވާ ގޮތަށެވެ. އެކަމަކު މިހާރު އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، މާލޭގައި ރަޖިސްޓްރީވީތާ އަހަރެއް ވެފައިވާނަމަ ގޯއްޗަށް ވެސް ޝަރުތު ހަމަވާ ގޮތަށެވެ.

މައުޟޫޢުތަށް