މި އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ

އަދަދު

29 ޑިސެމްބަރު 2025 | ހޯމަ | 2:58

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޓޫރިސްޓު އެރައިވަލް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނި ރާއްޖެއަށް 9،903 ޓޫރިސްޓުން އައެވެ. މިއީ މި އަހަރުގެ ރެކޯޑެކެވެ.

މި އަހަރު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ހޮނިހިރު ދުވަހު އެވެ. އެއީ 9،584 ޓޫރިސްޓުންނެވެ. މި އަހަރުގެ ތެރޭ ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ 1، ގަ އެވެ. އެއީ 9,495 ޓޫރިސްޓުންނެވެ.

މައުޟޫޢުތަށް