މި ސަރުކާރުގެ ފްލެޓް ސްކީމުގައި ކޮޓަރީގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް
އަދަދު
29 ޑިސެމްބަރު 2025 | ހޯމަ | 3:34
މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް ހިންގާ ބޯހިޔާވެހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްގެ ކޮޓަރީގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީން ކަމަށް ނިންމައިފި އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުގައި ވެސް އަޅާ ފްލެޓްތަކުގައި ދޫކުރަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. އެ ފްލެޓްތަކުގެ ތެރެއިން ބޭނުންވަނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ބަޔާން ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެ އެވެ.
ނަމަވެސް މި ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު ގެޒެޓްކޮށްފައިވާއިރު ބުނެފައިވަނީ އެޕްލިކަންޓަށް ލިބޭނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ނިންމާނީ އިވެލުއޭޝަން މަރުހަލާ ނިންމުމަށްފަހު ހައުސިން މިނިސްޓްރީން ކަމަށެވެ.