ބީއެމްއެލްގެ ކާޑުން "ގްރެބް" އަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތަކެއް
އަދަދު
29 ޑިސެމްބަރު 2025 | ހޯމަ | 7:42
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެކްސީ ދަތުރުތަކަށާއި ޑެލިވަރީ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ "ގްރެބް" އަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެ އެވެ.
މިކަން ފެންމަތިވީ އިޖުތިމާއީ އެކި މައްސަލަތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރާ މިދުއަމް ސައުދު ހިއްސާކޮށްފައިވާ ޕޯސްޓަކާ އެކު އެވެ.
އޭނާގެ ޕޯސްޓުގައި ހިއްސާކޮށްފައިވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރަކު ގްރެބަށް ފައިސާ ދެއްކުމަށް ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވިގެން އެ އެޕްގެ ކަސްޓަމާ ސާވިސް އަށް މައްސަލަ ޖެއްސުމުން ލިބިފައިވާ ޖަވާބެވެ. ގްރެބުން ބުނެފައިވަނީ ބީއެމްއެލް ކާޑުން ފައިސާ ނުދެއްކުނީ ބޭންކުން އެ ޓްރާންސެކްޝަން ކުރިއަށް ގެންދަން ދެކޮޅު ހެދުމުން ކަމަށެވެ.