ތަނަވަސް މީހުންނަށް ފުލެޓު އަޅައިދޭން ބީއެމްއެލްއިން އަވަސްވެގަނެ ޗައިނާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފި

އަދަދު

29 ޑިސެމްބަރު 2025 | ހޯމަ | 8:37

ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން އެމްއެމްއޭއިން ކަނޑައެޅި ގަވާއިދުގެ ދަށުން، ހައުސިން ޔުނިޓުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފި އެވެ.

އޭގެ ތެރެއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކުރީ 1،117 ހައުސިން ޔުނިޓުު އެޅުމަށެވެ. ދެން ހަވާލުކުރީ ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެެމްއީސީ) އާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 1،224 ހައުސިން ޔުނިޓު އެޅުމަށެވެ.

"މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް