ހުލާސާކޮށް އިއްޔެ: ޔާމީންގެ ބޮޑު ތުހުމަތެއް، ތިން މިނިސްޓްރީ ގަސްދުގައި ރޯކޮށްލީ
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 6:45
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ފެތުރި ތިން މިނިސްޓްރީ އަނދައިގެން ދިޔާ ހާދިސާއަކީ ހެކި ނައްތާލުމުގެ ގޮތުން ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވި އެވެ.
އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ "ފްރޮންޓް އޮފީސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ދައުވާ ނުކުރަން ނިންމި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.
އެޗްޑީސީގެ ތެރެއިން ވަގަށް ގޯތިތަކެއް ވިއްކާލިކަމުގެ ތުހުމަތު ކުރެއްވި މައްސަލަ ބަލަމުންދަނިކޮށް ތަހުގީގަށް އެއްބާރުލުން ދިނުމަށް ފަޒުލް އިސްތިއުފާ ދިންއިރު އޭނާގެ މައްޗަށް ދައުވާ ނުކުރީ ހެކި ނެތިވެގެން ކަމަށް ބުނެ އެވެ.