ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ސަރުކާރުން ފައިސާ ނުފޮނުވައިގެން ދިމާވެފައިވާ ހާލަތާ ގުޅިގެން ޝާހިދުގެ ކަންބޮޑުވުން
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 9:28
ބޭރުގައި ކިޔަވާ ދިވެހި ކުދިންނަށް ސަރުކާރުން ފައިސާ ނުފޮނުވައިގެން ދިމާވެފައިވާ ހާލަތާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޓޫޑެންޓް ލޯނުގައި އަދި ސްކޮލާޝިޕްތަކުގައި ތިބި ދިވެހި ކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ފައިސާ ނުފޮނުވައިގެން ކޯސްތައް ކެންސަލްވެސް ވެފައި އެބަހުރި ކަމަށެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން އެހެން މީހުން އަތުން ފައިސާ ހޯދައިގެން ޓިކެޓް ނަގައިގެން ކޯހަށް ދިޔަ ކުދިންނަށް ވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބިގެން އަދާކުރަން ޖެހޭ ފައިސާ އަދާނުކުރެވި އެބަހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.