މީޑިއާ ގްރާންޓަށް 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް ކޮންޓްރޯލް ކޮމިޝަނުން ކަނޑައަޅައިފި
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 11:18
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) އަށް އެދި ހުށަހަޅަން ދިން ދެ ދުވަހުގެ މުއްދަތުގެ ތެރޭގައި ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން 41 މީޑިއާއެއް ޝަރުތު ހަމަވާ ކަމަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ކަނޑައަޅައިފި އެވެ.
މީޑިއާ ގްރާންޓަށް އެދި ހުށަހަޅަން ކޮންޓްރޯލް ކޮމިޝަނުން ހުޅުވާލީ ޑިސެމްބަރު 25، ވީ ބުރާސްފަތި ދުވަހު އެވެ. އެކަމަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލީ ޑިސެމްބަރު 28، ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން 100 ޕޮއިންޓްގެ ތެރެއިން 99 ޕޮއިންޓް ހޯދައިގެން ސަންގަށެވެ. ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ 98 ޕޮއިންޓާއެކު ވަގުތަށެވެ. ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނީ 97 ޕޮއިންޓާއެކު ސަންއަށެވެ.