އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހިރިމަރަދޫ ކައުންސިލް އުވާލަން މުއިއްޒު ނިންމަވައިފި
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 1:11
ހދ. ހަނިމާދޫއަށް އެ އަތޮޅު ހިރިމަރަދޫ މީހުން ބަދަލުކޮށް ނުނިމުނަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރައްޔިތުން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ކަނޑައެޅުމާއެކު ހިރިމަރަދޫ ކައުންސިލް އިތުރު ދައުރަކަށް އިންތިހާބުކުރަން ނުޖެހި އުވިއްޖެ އެވެ.
ނުރަސްމީ ދަތުރެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން އެމަނިކުފާނު ރަސްމީކޮށް ނިންމަވާފައިވާ ކަމަށެވެ.
މި ގަރާރު ނެރުމުގެ ބޭނުމަކީ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާ މަރުހަލާގެ ތެރެއަށް ވަންނާތީ އެ ރަށުގެ ރައްޔިތުން އެ އިންތިހާބުގައި ވޯޓުލާން ޖެހޭނީ ހަމިނާދޫއަށް ކަމަށް ބެލުމަށް މަގުފަހިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.