ހިރިމަރަދޫ ކައުންސިލް އުވާލުމަކީ ހަނިމާދޫގެ މެޖޯރިޓީ ނެގުމަށް ސަރުކާރުން އެޅި ގާނޫނާ ހިލާފު ފިޔަވަޅެއް: ޣަފޫރު
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 2:13
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހިރިމަރަދޫ ކައުންސިލް އުވާލީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ގަޕޯ ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށެވެ.
ބަޔަކު ރަށެއްގައި ދިރިއުޅެމުން ދަނިކޮށް އެ ރައްޔިތުން ދިރިއުޅޭނެ ތަނެއް ނާޅައި އެ ރައްޔިތުން ރަށަކަށް ބަދަލުކުރުމަކީ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.