ރާއްޖެއަށް ވަގަށް އެތެރެކުރި 7110 ކާޓަން ސިނގިރޭޓު އަތުލައިގެންފި
އަދަދު
30 ޑިސެމްބަރު 2025 | އަންގާރަ | 5:05
ރާއްޖެއަށް ވަގަށް އެތެރެކުރި 7،110 ކާޓަން ސިނގިރޭޓު ފުލުހުން އަތުލައިގެންފި އެވެ.
އަދަދު އަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު ވަގަށް އެތެރެކޮށްފައިވަނީ މަލްބަރޯ ބްރޭންޑުގެ ސިނގިރޭޓުތަކެކެވެ. އޭގެ ބޭރުގައި އިންޒާރުގެ ލިޔުންތައް ލިޔެފައި ހުރީ އިނގިރޭސި ބަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުލައިގަތީ 158 ކޭސް ސިނގިރޭޓެވެ. އޭގެއިން ކޮންމެ ކޭހެއްގައި 45 ކާޓަން ހުންނާނެ އެވެ.