އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ވެރިޔާ، ސާޖިދު ސަސްޕެންޑުކޮށްފި

އަދަދު

30 ޑިސެމްބަރު 2025 | އަންގާރަ | 6:28

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް މި އަހަރުގެ އޯގަސްޓް މަހު ހަމަޖެއްސި އިސްމާއިލް ސާޖިދު ސަސްޕެންޑުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސާޖިދު މަގާމުން ސަސްޕެންޑުކުރިތާ ދެ ދުވަހެއްވަރު ވެއްޖެ އެވެ. އެކަމަކު އޭނާ ސަސްޕެންޑުކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެމްއެމްއޭގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.

މައުޟޫޢުތަށް