މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ހާމަކޮށްފި

އަދަދު

30 ޑިސެމްބަރު 2025 | އަންގާރަ | 9:12

ސަރުކާރުން ހިންގާ "ބޯހިޔާވެހިކަން އެންމެންނަށް" މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރާ އުސޫލުގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލޭ ރަށްވެހިންނަށް ޖުމްލަ 10،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީން 2،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭގެ ރަށްވެހިންނަށް ދޫކުރާ 10،000 ގޯތީގެ ތެރެއިން 7،000 ގޯއްޗަކީ އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

މައުޟޫޢުތަށް