މާސިންގާ ޑްރެޖަރުތަކުން ވެލި ނަގައި މުޅި މާލެ އަތޮޅުގެ އެތެރެވަރި އެކީ ކިލަނބު ކޮށްލައިފި
އަދަދު
31 ޑިސެމްބަރު 2025 | ބުދަ | 2:54
މި ސަރުކާރުން ހިންގަމުންދާ އެންމެ ބިޔަ ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ހާހަކަށްވުރެ ގިނަ ހެކްޓަރާއި މާލެ ސަރަހައްދުގެ އެހެން ބިންތައް ހިއްކަން ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކާއެކު މާލެ އަތޮޅުގެ އެތެރެވަރި ކިލަނބުވެ ކިސަޑުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށައިފި އެވެ.
މާލެ ސަރަހައްދުގެ ކިލަނބުކަން ޑްރޯން ފޮޓޯތަކާއި މަތިންދާ ބޯޓުތަކުގެ އިތުރުން ސެޓްލައިޓު ފޮޓޯތަކަށް ވެސް އަރަ އެވެ. ގިނަ އަދަދެއްގެ ކިސަޑު ފަރުތަކާއި ދިމާލަށް އޮޔާއެކު ދެމޭ މަންޒަރު ކުލަކޮށް ފެނެ އެވެ.
މިކަމުގެ ކަންބޮޑުވުން އިތުރުވީ ރަސްމާލެ ހިއްކުމަށް މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން އިން މާލެ އަތޮޅު ދެކުނު ބުރިއަށް އައިސް ވެލި ނަގަން ފެށުމުންނެވެ.