މީޑިއާ ގްރާންޓްގެ ބޮޑު ޕަސަންޓެއް މިހާރާއި ސަންގު އަދި ސަން އަށް

އަދަދު

31 ޑިސެމްބަރު 2025 | ބުދަ | 1:21

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) ގެ ބޮޑު ޕަސަންޓެއް މިހާރު އޮންލައިނާއި ސަންގު އޮންލައިން އަދި ސަން އޮންލައިން އަށް ދިނުމަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ނިންމައިފި އެވެ.

މީޑިއާ ގްރާންޓުން އެންމެ ގިނައިން ފައިސާ ލިބެނީ މިހާރު އާއި މިހާރުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބޭއިރު، ދަ އެޑިޝަނަށް ލިބެނީ 633,292.18ރ. އެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބެ އެވެ.

މީޑިއާ ގްރާންޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން ފައިސާ ދޫކުރަން ނިންމި 39 މީޑިއާގެ ތެރެއިން 1،081،074.53 މިލިއަން ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަންގު އޮންލައިނަށެވެ. ތިންވަނައަށް 1،068،280.75ރ. އާއެކު އެންމެ ގިނައިން ފައިސާ ލިބެނީ ސަންއަށެވެ.

މައުޟޫޢުތަށް