ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލެއް ނުވި!

އަދަދު

1 ޖެނުއަރީ 2026 | ބުރާސްފަތި | 8:23

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ ގޮތުގައި މަޝްހޫރުވެ އެތައް އެވޯޑެއް ހޯދާފައިވާ ރާއްޖެއިން މި ފަހުގެ ތާރީހުގައި ކޮންމެ އަހަރަކުހެން ހާސިލްކުރަމުން އައިސްފައިވާ ޓޫރިސްޓު އެރައިވަލް ޓާގެޓު މި އަހަރު ހާސިލް ވާގޮތް ނުވެއްޖެ އެވެ.

ސަރުކާރުން މި އަހަރުގެ ތެރޭ ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 2.3 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް މި އަހަރު ރާއްޖެ އައީ 2،240،706 ޓޫރިސްޓުންނެވެ.

މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އައީ 6،100 ޓޫރިސްޓުންނެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަސް ކަމަށްވާ ޑިސެމްބަރު 28، ގައި އައީ 9،903 ޓޫރިސްޓުންނެވެ. އެހެންކަމުން މިއަދު އަންނަ ޓޫރިސްޓުންނާއެކު ވެސް 2.3 މިލިއަންގެ ޓާގެޓަށް ވާސިލް ނުވާނެ އެވެ.

މައުޟޫޢުތަށް