ދީނާއި ގައުމިއްޔަތު މުއިއްޒު ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި: ފައްޔާޒު

އަދަދު

31 ޑިސެމްބަރު 2025 | ބުދަ | 6:35

ބިދޭސީންނަށް ދިވެހިރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގައި ކޮށްގެން ނުވާނެ ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތުބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ނިންމުމާ ގުޅޭ ގޮތުން އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް މުއިއްޒު ބޭނުންފުޅު ވާތީ އެކަމުގެ މަޝްވަރާތަކެއް ކެބިނެޓުގައި ކޮށްފައިވާ ކަމަށާއި، މަޝްވަރާތަކުގައި އެކަމަށް ކެބިނެޓުގެ ބައެއް މިނިސްޓަރުން ދެކޮޅު ހެއްދެވި ކަމަށެވެ.

އެކަމާ ގުޅިގެން އެކްސްގައި އެމްޑީޕީގެ ދެވަނަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ލިޔުއްވި ގޮތުގައި އެއީ ކެބިނެޓް އަދި އެހެން ފެންވަރެއްގައި ވެސް އެއްވެސް ވަރަކަށް މަޝްވަރާ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މައުޟޫޢުތަށް