ޔާމީން ރަޝީދުގެ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް ބާތިލުކުރުމަކީ ދެވޭ ބިރުވެރި މެސެޖެއް: އެމްޖޭއޭ

އަދަދު

31 ޑިސެމްބަރު 2025 | ބުދަ | 7:40

ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކުރުމަކީ ނޫސްވެރިންނަށް ދެވޭ ބިރުވެރި މެސެޖެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެކްސްގައި އެމްޖޭއޭއިން އާންމުކުރި ކުރު ނޯޓެއްގައި ވަނީ އެ މައްސަލަތަކުގައި ސާފު ހުކުމެއް އިއްވައިދިނުމަށް ޑިމާންޑުކޮށްފަ އެވެ. ކުށްކޮށްފައި އަދަބުން ސަލާމަތްވުމުގެ ސަގާފަތް މިހާރުން މިހާރަށް ހުއްޓެން ޖެހޭ ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

"އެއީ ނޫސްވެރިންގެ ފުރާނައަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމާއި، އިންސާފަކީ ބާޒާރުކުރެވޭނެ އެއްޗެއް ކަމަށް ދޭހަވާ ކަމެއް. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން މިނިވަންވިޔަ ނުދީ، އިންސާފުވެރި އަދި ދާއިމީ ހުކުމެއް ކަށަވަރުކުރުމަށް ދައުލަތުން ވަގުތުން ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ގޮވާލަން،" އެމްޖޭއޭއިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް