ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން މިނިވަންކުރި ހައިޝަމް އާއި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަދަދު
31 ޑިސެމްބަރު 2025 | ބުދަ | 8:36
ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްސަލަތައް އަލުން ބެލުމަށް މިއަދު އަމުރުކުރުމުން މިނިވަންވި ނަމަވެސް އަލުން އެ މީހުން ބަންދުކޮށްފި އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރީ ހައިޝަމް އާއި ޒިހާންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި ޖަލު ހުކުމް ބާތިލު ކުރުމަށެވެ.
އެ ދެ މީހުން ބަންދުކުރަން ދައުލަތުގެ ފަރާތުން އެދުނު ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުން ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ އެ ދެ މީހުން އޮތީ މިނިވަންވާ ގޮތަށެވެ.