ރުގުޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް
އަދަދު
1 ޖެނުއަރީ 2026 | ބުރާސްފަތި | 8:29
ރުގްޔާ ކުރަން ކަމަށް ބުނެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިއަދު ހުކުމް ކުރީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން އަންހެނަކާއި ކުޑަ ތިން ކުއްޖަކަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަ އަދި ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އުފުލި ދައުވާތަކެކެވެ.
މި ދައުވާތައް ރައްދުވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއިލް ވަހީދު، އަދި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލް ގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ މީގެ ފަސް އަހަރުކުރިން ޑިސެމްބަރު 30، 2020 ގަ އެވެ.