ހުލާސާކޮށް އިއްޔެ: މުއިއްޒުގެ މޭޔަރު ކަމުގައި ބިންތައް ދޫކުރި ހެދި އެގްރީމެންޓުތަކުގެ މައްސަލަ ޕޮލިހަށް
އަދަދު
2 ޖެނުއަރީ 2026 | ހުކުރު | 8:14
މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެގްރީމަންޓްތަކުގެ ތެރޭގައި ސައްހަ ނޫން ކަމަށް ބެލެވޭ އެގްރީމަންޓްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާ ގުޅޭ އެއްބަސްވުންތަކުގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަން ފާހަގަކުރެވޭތީ އެ އެއްބަސްވުންތައް ހާމަކުރުމުގެ ބަދަލުގައި ފޮނުވީ ފުލުހަށް ކަމަށެވެ.
"އެބަހުރި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ސައްހަ ނޫން ކަމަށް ހީވާކަހަލަ ޑޮކިއުމަންޓްސް. އެނގޭތޯ. އެހެންވީމަ އެއީ އުފައްދާފައި ހުރި އެއްޗެހިކަމަށް ފާހަގަކުރެވޭ އެއްޗެހިތަކެއް ހުރުމާއެކު އެކަހަލަ އެއްޗެހި ޔަގީން ނުވާ އެއްޗެހި ޕަބްލިކަށް ދޫކޮށްލުމަކީ އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމަށް ގަބޫލުކުރެވެނީ. އެހެންވީމަ އަޅުގަނޑަށް އެގޮތަށް ފާހަގަކުރެވުނު ހުރިހާ އެއްޗެއް ފުލުހަށް ފޮނުވާފައި." އާޒިމް ވިދާޅުވި އެވެ.