ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
އަދަދު
2 ޖެނުއަރީ 2026 | ހުކުރު | 1:57
ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އެދިފައިވެ އެވެ.
ސަރުކާރުގެ ފަރާތުން މި ވާހަކަ ދޮގުކުރައްވާ އެކްސްގައި ޕޯސްޓުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެއާޕޯޓުތައް ހިމެނޭހެން ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ހިންގާނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށެވެ.