ފިކުރީ މުދާ ހިމާޔަތް ކުރާ އޮފީސް ރަސްމީކޮށް އުފައްދައިފި
އަދަދު
2 ޖެނުއަރީ 2026 | ހުކުރު | 10:00
ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކޮށްފި އެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި އޮފީސް ހިނގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އޮގަސްޓު މަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނަށް އަމަލުކުރަން ފެށީ އިއްޔެ އެވެ.
އެ ގާނޫނުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ އެ ދާއިރާ ކުރި އެރުވުމެވެ.