ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލައިނުގެ ހަބަކަށް ހަނިމާދޫ ހަދަން ނަޝީދު ގޮވާލައްވައިފި

އަދަދު

2 ޖެނުއަރީ 2026 | ހުކުރު | 7:43

ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ސަރަހައްދީ އެއާލައިނެއް ހަދަން ނަޝީދު ހުށަހެޅުއްވީ، ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމުންނެވެ.

"ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި އެ އެއާލައިންއާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވާނެ. މުޅި އުތުރުގެ ތަރަައްގީއަށް ފަހިވާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް