ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ސަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަދަދު
3 ޖެނުއަރީ 2026 | ހޮނިހިރު | 6:46
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ސަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އެ އޮފީހުން އެދުނީ މިއަދު ކަމަށާއި ކޯޓުން އަމުރު ނެރުނީ ވެސް މިއަދު ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގުގެ މުއްދަތުގެ ގާނޫނީ ގޮތުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
މި ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ޑިސެމްބަރު 30، ގައި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.