ތުޅާދޫއިން ހައުސިން ޔުނިޓް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

އަދަދު

3 ޖެނުއަރީ 2026 | ހޮނިހިރު | 7:15

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބ. ތުޅާދޫގައި އެމްޑީޕީން ބިނާކޮށް ނިންމާފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީން އެކަން ކުރިއަށް ގެންދަން ކުރާ މަސައްކަތް ހުއްޓާލަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 100 ހައުސިން ޔުނިޓް އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ރަށު ކައުންސިލުން ކުރަމުންދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާފައިވާ ދަނޑިވަޅެއްގައި އެ ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ނެގީ ކޯޓު އަމުރާ ހިލާފަށް ކަމަށެވެ.

"ދެންނެވުނު ހައުސިން ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވައިލުމަކީ ސީދާ ގާނޫނޫއަސާސީއާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް،" އެމްޑީޕީން ބުންޏެވެ.

މައުޟޫޢުތަށް