އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތަކެއް ހިންގާތީ ފިޔަވަޅު އަޅައިފި
އަދަދު
4 ޖެނުއަރީ 2026 | އާދިއްތަ | 11:27
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެވިޑް ކޮލެޖުން ސްރީ ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެ ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.
އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނީ އެވިޑުން ގަވާއިދާ ހިލާފަށް ލަންކާގައި ޕްރޮގްރާމްތައް ހިންގާތީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެ ކޮލެޖަށް ނަސޭހަތްތެރިވުމާއެކު އެކަން އިއުލާންކުރާ ކަމަށެވެ.
އެމްކިއުއޭއިން ބުނީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެވިޑުން ލަންކާގެ "އެމަޒޯން ކޮލެޖް" އަދި ވަކި ގައުމެއް ނޭނގޭ "އަލްޒެޓް ޔުނިވާސިޓީ" ގައި ޕްރޮގްރާމްތައް ހިންގައި، ދަރިވަރުންނަށް އެވިޑުން ސަނަދު ދީފައިވާ ކަމަށެވެ.