ވިލިނގިލީގައި ދެމައިން ނިޔާވި މައްސަލައިގައި ދައުވާނުކުރަން ނިންމައިފި
އަދަދު
4 ޖެނުއަރީ 2026 | އާދިއްތަ | 1:31
މިދިޔަ އަހަރު ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅުމުގެ ތެރޭގައި ދެމައިން ވެސް ނިޔާވި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފި އެވެ.
ފުލުހުން މައްސަލަ ފައިލްކޮށް އާއިލާއަށް ފޮނުވި ލިޔުމުގައި ބުނީ އެ މައްސަލަ ޕީޖީއަށް ހުށަހެޅުމުން، މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވެދާނެ ކަމެއް ނުފެންނާތީ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަ ހުށަހެޅުމުން، މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވިދާނެ ކަމަށް ނުފެންނާތީ މައްސަލަ ޑިކްލައިންކޮށްފައިވޭ. އެހެންކަމުން، މި މައްސަލަ ފައިލްކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުން ބުންޏެވެ.