ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އަދަދު

4 ޖެނުއަރީ 2026 | އާދިއްތަ | 10:09

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު އެ ސަރަހައްދުން އޮޔާ ދާކަމުގެ މައުލޫމާތު ލިބިގެން މިއަދު ހަވީރު 4:30 ހާއިރުން ފެށިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަރުވެފައި އޮތީ ކޮން ގައުމެއްގެ ކޮން ޖިންސެއްގެ ކާކު ކަމެއް ފުލުހުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އާންމުކޮށް މިހެން ފެންނަ ހަށިގަނޑުތައް މޫދުގައި ގިނަ ދުވަސްވެ އޮންނަނީ ވަރަށް ބޮޑަށް ކުނިވެ، ކާކުކަން ނޭނގޭ ވަރު ވެފަ އެވެ.

މައުޟޫޢުތަށް