ހުލާސާކޮށް އިއްޔެ: އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަނީ

އަދަދު

5 ޖެނުއަރީ 2026 | ހޯމަ | 6:33

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ނެގުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް މިނިސްޓްރީން ފަށާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރީ އިއްޔެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމުކޮށް އެ ތަންތަނަށް 550 ނުވަތަ 520 މުވައްޒަފުން ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ލަސްވެގެން ފެބްރުއަރީ މަސް އަންނަންވާއިރަށް އެ ހުރިހާ 19 ޔުނިޓް ގާއިމުކުރެވި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ލިބި މީހުން ވެސް އެތަންތަނަށް ހަމަވެގެންދިޔުން. މިހާރު އަޅުގަނޑުމެން އަންދާޒާއަށް ބަލާއިރު މިދެންނެވި ތަންތަނަށް ގާތްގަނޑަކަށް 550 ވަރު 520 ވަރުގެ އަދަދަކަށް އަލަށް މުވައްޒަފުން ނެގިގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މައުޟޫޢުތަށް