ހަނިމާދޫ އެއާޕޯޓާއި ވެލާނާ އެއާޕޯޓް ޕްރައިވެޓް ކުންފުންޏަކަށް ދޭން ފެނޭ: ނަޝީދު
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 10:59
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަމިއްލަ ކުންފުންޏަކަށް ދޭން ފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މެޔަރަކަށް ވާދަކުރައްވާ އަލީ އާޒިމް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭން އުޅޭއިރު، އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ހަވާލުކުރުމުން އިދިކޮޅު ހެދި މީހުން މިއަދު އެކަމާ އެއްބަސްވާތީ ނުސީދާ ރާގަކަށް ނަޝީދު ވަނީ މަލާމާތްކުރައްވާފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ކަމަކަށްވާތީ "އުނބަށް ޖެހިއޭ" ވިދާޅުވެ ނަހަދާނެ ކަމަށެވެ.