އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ނަން ފޮނުވައިފި
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 10:06
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސްގެ މަގާމައް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އާއިޝަތު ރަމީލާ އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުވައިފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އިދާރީ މޭޒުން ވަނީ ރަމީލާ، އެޗްއާރުސީއެމްގެ ރައީސަކަށް އައްޔަންކުރުމަށް މުއިއްޒު ފޮނުއްވި ސިޓީ އިއްވައިފަ އެވެ.
ރަމީލާ އައްޔަންކުރުން އަވަސްކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެދުނު 10:30 އަށް ވަނީ އެޖެންޑާކޮށްފަ އެވެ.