ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދިން އެޅުވުމަކީ ފާސިދު ކަމެއް: ހަސަން ހަމީދު
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 11:36
ފިރިހެނުން އަޅާ ކަހަލަ ޓައީ އަންހެން ކުދީން އެޅުވުމަކީ ފާސިދު ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
އިލްމީ ގިނަ ލިޔުންތަކެއް ޝާއިއުކޮށްފައިވާ ހަސަންގެ ބްލޮގްގައި ވިދާޅުވީ އިސްލާމީ ނަޒަރުން ފިރިހެނުންގެ ހެދުމާއި އަންހެނުންގެ ހެދުން ތަފާތުވާން ޖެހޭއިރު، ގާތްގަނޑަކަށް މައްޗާއި ތިރި އެއްގޮތަކަށް ހުންނަ، އަދި ފިރިހެނުން އަޅާ ކަހަލަ ޓައި އަންހެން ކުދިން އެޅުވުމަކީ ފާސިދު ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ފިރިހެނުން އަޅާ ކަހަލަ ޓައީ އަޅައިގެން އަންހެނުން އުޅޭ ތަނެއް، ރާއްޖޭގެ އެއްވެސް ކާރުހާނާއަކުން، އޮފީހަކުން، ހޮސްޕިޓަލަކުން ނުވަތަ އެހެންވެސް ވަޒީފާ އަދާކުރާތަނަކުން އަޅުގަނޑަށް ފެނިފައެއް ނުވޭ. އަޅުގަނޑަށް މިއުޅެވެނީ ދިވެހީންގެ ރާއްޖެއަކު ނޫންބާ،" ހަސަން ލިޔުއްވާފައިވެ އެވެ.