މާލޭ ވިޔަފާރި ބަނދަރާއި ދެ އެއާޕޯޓެއް ޕްރަވަޓައިޒްކުރަން އުޅޭކަމަށް ހަބަރު ލިބޭ: ނަޝީދު
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 10:53
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރާއި ދެ އެއާޕޯޓެއް ޕްރަވަޓައިޒްކުރަން އުޅޭކަމުގެ ހަބަރު ލިބޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ފުޅާ ޕްރަވަޓައިޒޭޝަން ޕްރޮގްރާމެއްގެ ވާހަކަ އިވެމުންދާ ކަމަށާއި މިކަމުގެ ތެރެއިން މާލެ ޕޯޓާއި ދެ އެއާޕޯޓެއް ޕްރަވަޓައިޒްކުރުން ހިމެނޭ ކަމުގެ ހަބަރު ލިބޭ ކަމަށެވެ.
"ޕްރައިވެޓް ސެކްޓާއިން ހިދުމަތް ދިނުން މާ ރަނގަޅު ކަމަށް އަޅުގަނޑު ދެކެން. އެހެނަސް ކޮންޓްރެކްޓު ހަވާލުކުރަން ވާނީ ހަރުދަނާ ދެފުށް ފެންނަ ބިޑިން ޕްރޮސެސް އަކަށްފަހު،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.