ދެ މީޑިއާއަކަށް ފައިސާ ހިފަހައްޓައި 37 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 1:42
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) ދޭން ނިންމި ދެ މީޑިއާއެއްގެ ފައިސާ ހިފަހައްޓައި 37 މީޑިއާއަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީއަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ފޮނުވައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުގެ އިތުބާރުކުރެވޭ މަސްދަރަކުން އަދަދު އަށް ބުނީ ފައިސާ ދޫކުރަން ނިންމި 39 މީޑިއާއެއްގެ ތެރެއިން ދެ މީޑިއާއަކަށް ދޭން ނިންމި ފައިސާ ހިފަހައްޓައި، ބާކީ 37 މީޑިއާއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ކޮމިޝަނުން ފައިސާ ދޫނުކުރަން ނިންމީ ކޮން ދެ މީޑިއާއެއްގެކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ބަރާބަރަށް ނުހިންގާ މީޑިއާތަކަށް ފައިސާ ދޫކުރާތީ އެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އޮތެވެ.