ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ ފުލުހުންގެ ބެލުމުގެ ދަށުން ގެއަށް ގެންގޮސްފި

އަދަދު

5 ޖެނުއަރީ 2026 | ހޯމަ | 3:02

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލައިފާސްކުރަން ގެންގޮސްފި އެވެ.

މ. އަނދުންގޭގައި ހުންނަ އެ އެޕާޓްމަންޓަށް ފުލުހުން ވަނީ، ފުލުހުންގެ ކާރެއްގައި ސަނީ އުމަރު ގެންގޮސް އޭނާ ވެސް ގޮވައިގެންނެވެ. އެ ގެއަށް ފުލުހުން ވަންނަން މަސައްކަތް ކުރުމުން ގޭގެ ވެރިންނާއި ގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ފުލުހުން ބުނަނީ އެޕާޓްމަންޓު ބަލައިފާސްކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި ނޫހަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގޭ ތެރޭގައި ތިބި މީހުން ބުނަމުންދަނީ ސަނީ އުމަރު ހައްޔަރުކުރިތާ މަހެއް ފަހުން ބަލައިފާސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި، އޭނާ ފުރަތަމަ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ ފުލުހުން ކަމަށާއި ރާއްޖެއިން ފުރުވާލީ ވެސް ފުލުހުން ކަމަށް އެ މީހުން ބުނަމުންދެ އެވެ.

މައުޟޫޢުތަށް