ސަނީ ދިރިއުޅުނު ތަން ބަލާފާސްކުރީ "ފޮރުވި" ފޯނަކާއި ލެޕްޓޮޕެއް ހޯދަން

އަދަދު

5 ޖެނުއަރީ 2026 | ހޯމަ | 5:36

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލައި ފާސްކުރީ "ފޮރުވި" ފޯނަކާއި ލެޕްޓޮޕެއް ހޯދަންކަން އެނގިއްޖެ އެވެ.

ކޯޓުން އަމުރުން އެނގޭ ގޮތުގައި ސަނީ އުޅުނު އެޕާޓްމަންޓް ފުލުހުން ބަލައިފާސްކުރީ އޭނާ ފުރަތަމަ ދުވަހު ހައްޔަރުކުރިއިރު އޮތް އައިފޯން 12 ފޯނު އޭނާ އަތުގައި ނެތުމުންނެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު އޮތީ ޒިއޯމީ ބްރޭންޑުގެ ފޯނެކެވެ.

މިގޮތުން ސަނީ ފުރަތަމަ ފަހަރަށް ހައްޔަރުކޮށްފައި ދޫކޮށްލުމުން އޭނާ އަތުގައި އޮތް އައިފޯން 12 ފޯނު "ފޮރުވައި" ފުލުހުންނަށް ދެވަނަ ފަހަރަށް ހައްޔަރުކުރުމްުނ ދިނީ އެހެން ފޯނެއްކަން އެނގެ އެވެ.

މައުޟޫޢުތަށް