ވާނުވާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުން މި އަހަރު ނިންމަނީ
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 8:29
ޝަރީއަތް ނިމެންދެން ބަންދުގައި ނުވަތަ އާންމުކޮށް މިހާރު ކިޔައި އުޅޭ ގޮތަށް ވާނުވާގައި، އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް މި އަހަރު ބަލައި ނިމޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންދާޒާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އާންމުކުރި ރިޕޯޓުގައި ބުނީ ކްރިމިނަލް ކޯޓުގެ އައު އިމާރާތާއެކު ކޯތުން މައްސަލަ ނިންމާ ރޭޓަށް ބަލާއިރު އެ ކޯޓުގައި އަހަރު ދުވަސްވީ ވާނުވާގެ މައްސަލަތައް މި އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެންމެހައި މައްސަލަތަކެއް 2026 ވަނަ އަހަރު ނިމޭނެކަމީ، އައު އިމާރާތުގެ ސަބަބުން ކޯޓުން މައްސަލަ ނިންމާ ރޭޓަށް އައި ކުރިއެރުމަށް ބަލާއިރު، ކުރެވޭ އުންމީދީ އަންދާޒާއެއް،" އެ ކޯޓުން ބުންޏެވެ.