ޕެންޝަން ގާނޫނު ބަދަލު ކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕްކުރަން: ޝަމްހީދު
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 8:15
ޕެންޝަން ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ، ޕެންޝަން ފަންޑުގައި ހުރި ރައްޔިތުންގެ ފައިސާ ސަރުކާރަށް ބޭނުން ގޮތަކަށް އިންވެސްޓްކޮށް، ނުސީދާކޮށް ފައިސާ ޗާޕްކުރުން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ތުހުމަތުކުރައްވައިފި އެވެ.
ޕެންޝަން ގާނޫނަށް ބަދަލުތަކެއް ގެންނަން ނިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު މިއަދު ހުށަހެޅުއްވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އިންވެސްޓުކުރުމުގެ ނަމުގައި ފައިސާ ޗާޕްކުރަން ކުރި މަސައްކަތް ފެއިލްވީ ޕެންޝަން ބޯޑުގެ މެންބަރުން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ފުލުފުލުގައި އިސްތިއުފާ ދިނުމާއި، ސަރުކާރުން ބޭނުންވާ ޝަރުތުތަކާއެކު އެކަން ކުރިއަށް ގެންދަން މިހާރު އޮތް ބޯޑުން ވެސް ދެކޮޅު ހަދާތީ އެވެ.
ޕެންޝަން ގާނޫނުގެ 16 ވަނަ މާއްދާގެ ހ. އަށް ގެންނަ އިސްލާހަކީ ފޮރުވިފައިވާ ނުރައްކާތެރި މަގުސަދެއް އޮތް ބަދަލެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އެއީ ފައިސާ ޗާޕްކުރުން ކަމަށް ތުހުމަތު ކުރެ އެވެ.