އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕީއެންސީން ބިރުދައްކައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
އަދަދު
5 ޖެނުއަރީ 2026 | ހޯމަ | 8:29
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާ ކެންޑިޑޭޓުންނަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބިރުދައްކައި ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އެ ޕާޓީން ކޮށްފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބިރު ދެއްކުމުގެ އިތުރުން ވަޒީފާތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަޅުގަނޑުމެން ކެންޑިޑޭޓުން ގޮތުގައި ކަނޑައަޅާފައި ތިއްބަވާ ބޭފުޅުންނަށް އެބޭފުޅުން ޕީއެންސީގެ ފަރާތުން ވާހަކަ ދައްކަވައިގެން ހުއްޓުވަން މަސައްކަތް ކުރުން ނުވަތަ ވަޒީފާ ދިނުން ކަހަލަ، ބިރު ދެއްކުމުގެ މަސައްކަތްތައް ކުރަމުންދާކަން ވެސް،" އޭނާ ވިދާޅުވި އެވެ.