ދައުރުން ބޭރު ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެމްޑީޕީން ޖަލްސާތައް ބޮއިކޮޓްކުރަން ނިންމައިފި
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 7:17
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން މިހާރު ކުރިއަށްގެންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ޗުއްޓީ ތެރޭގައި ކުއްލި ގޮތަކަށް ޖަލްސާތައް ބާއްވަމުންދަނީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ޤާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ކަމަށެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މި ޖަލްސާތަކުގެ ބޭނުމަކީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކެއް، އެއްވެސް މަޝްވަރާއެއް ނެތި އަވަސްއަރުވާލައިގެން ފާސްކުރުމެވެ.