އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ފާސްކުރުމަށްފަހު 10 މިނެޓު ތެރޭ ޖަލްސާ ނިންމާލައިފި
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 9:44
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސްގެ މަގާމައް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އާއިޝަތު ރަމީލާ އައްޔަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 38 މެންބަރުން ވޯޓު ދިނީ ރަމީލާ އައްޔަންކުރަން ފެންނަ ކަމަށެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ.
އެ ޖަލްސާގައި ކުރި ހަމައެކަނި މަސައްކަތަކީ މިއީ އެވެ. ޖަލްސާގެ މަސައްކަތުގެ ވަގުތު 10 މިނެޓަށް ވެސް ނާރަ އެވެ. މިކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއީ މަޖިލީހުގެ އާންމު ޖަލްސާއެއް ނޫން ކަމަށެވެ.