ގުޅީފަޅު ބަނދަރުގެ އަނގަމައްޗަށް ބޮޑު ދެ ބާޖު ލައްވެ، ލަފާފުރުން ބޮޑު ތުރާލަކަށް
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 10:54
ގުޅީފަޅު ބަނދަރުގެ އަނގަމައްޗަށް ވާގޮތަށް ބޮޑު މާސިންގާ ދެ ބާޖު ލައްގާފައި އޮތުމުން، ގުޅީފަޅުން މުދާ އުފުލުމާއި ލަފާފުރުމުގެ ކަންކަން އިންތިހާއަށް ދަތިވެފައިވާ ކަމަށް ބުނެ އެ ތަނުގައި ގުދަންތައް ހަދައިގެން ބޭނުންކުރަމުން އަންނަ ވިޔަފާރިވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.
މިހާތަނަށް ބެލިބެލުމުން އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަނުން އެއް ބާޖަކީ މީގެ ގާތްގަނޑަށް މަސް ދުވަސް ކުރިން ފެށިގެން އެ ސަރަހައްދަށް ބީހިފައި އޮތް ބާޖެކެވެ. އޭރު ޓަގުބޯޓެއް ބޭނުންކޮށްގެން މި ބާޖު ފުންކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ލިބުނެވެ.
އަނެއް ބާޖަކީ ވެސް މީގެ ދުވަސްތަކެއް ކުރިން ގުޅީފަޅަށް މުދާ ހިފައިގެން ދިޔަ ބާޖެކެވެ. މި ދެ ބާޖުގައި ވެސް ކޮންމެ ވެސް ވަރަކަށް މުދާ އެބަހުއްޓެވެ. އެކަމަކު، މިއީ ކޮން ބަޔެއްގެ ބާޖުތަކެއް ކަމެއް ދެނެގަނެވޭ ގޮތެއް އަދި ނުވެ އެވެ.