ޕެންޓްހައުސް ގަތް މައްސަލައިގައި ބައްސާމް އިތުރު 23 އަހަރަށް ޖަލަށް
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 1:44
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް މި މައްސަލައިގައި ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. މި މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެފްއޭއެމްގެ އެހެން މައްސަލައެއްގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ބައްސާމްގެ މައްޗަށް މިއަދު އިއްވި ހުކުމާއެކީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު 32 އަހަރަށް އަރަ އެވެ.