ދެ އިންތިހާބު އެއްކޮށްލައި ގާނޫނުއަސާސީ ބަދަލުކުރަނީ ބާރުތައް މުއިއްޒުގެ މުށުތެރެއަށްލާން: ފައިސަލް
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 9:35
މައި ދެ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނުއަސާސީއަށް އެތައް ބަދަލެއް ގެންނަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ބާރުތައް ގެންނަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މިއީ އެހެން މަގުސަދެއްގައި ގެންނަ ބަދަލެއް ކަމަށެވެ.
މީގެ އިތުރުން ވެސް މިދިޔަ ދެ އަހަރު ތެރޭ ގާނޫނުއަސާސީ އަށާއި މުހިންމު އެތައް ގާނޫނަކަށް ސަރުކާރުން ހުށަހަޅައިގެން ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލުތަކުގެ މަގުސަދަކީ ބާރުތައް ޖަމާކުރުން ކަމަށް ފައިސަލް މިއަދު ވިދާޅުވެފައިވެ އެވެ.